އިނގިރޭސިވިލާތުން އުފައްދާފައިވާ އެސްޓްރާ ޒެނެކާ ވެކްސިން ޖެހުމުން ގެއްލުން ލިބޭކަމަށް ތުހުމަތުކޮށް ވިލާތު އިއްތިހާދު ގައުމުތަކުން ބޮޑާހޭކުމަށްފަހު، އެމީހުން ބަކލި ވެއްޖެއެވެ. ވިލާތު އިއްތިހާދުގައި ބޭހަށް ހުއްދަ ދޭ، ޔޫރަޕިއަން މެޑިސިން އެޖެންސީ، އީމާ އިން ބުނެފައިވަނީ އެފަރާތަށް "ސާފު ނަތީޖާއަށް އާދެވިފައިވާ ކަމަށެވެ. އެއީ ރައްކާތެރި ކާމިޔާބު ވެކްސިނެއް" ކަމަށެވެ.

އިނގިރޭސިވިލާތުން ވަނީ ވިލާތު އިއްތިހާދުގެ މެންބަރަކަށް އޮތުމަށްފަހު، އިއްތިހާދުން ބޭރުވެގެން ފައެވެ.

އީމާއިން މިގޮތަށް ނިންމުމުގެ ކުރިން ކޮރޯނ ވައިރަސް ކޮންޓްރޯލް ކުރެވިފައި ނުވާ ޔޫރަޕުން ވެކްސިން ޖަހަމުން ގޮސް، މީހުންގެ ލޭ ގަނޑުވާކަމަށް ބުނެ، ވެކްސިން ޖެހުން ހުއްޓާލިއެވެ. އެތައް މިލިއަން ވެކްސިން ޑޯޒެއް ދިނުމަށްފަހު، ހަތް މީހެއްގެ ލޭ ގަނޑުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އީމާއިން ބުނެފައިވަނީ މީގެ ފައިދާ މީގެ ގެއްލުމަށް ވުރެން ބޮޑު ކަމަށެވެ. މިއީ އެފްރިކާގެ އިއްތިހާދުންވެސް މި މައްސަލަ ބައިނަލްއަގްވާމީ ފެންވަރުގައި ތިލަ ވުމާ ގުޅިގެން ބުނި ވާހަކައެވެ.

ޔޫރަޕްގައި ހަތް މިލިއަން އެސްޓްރާޒެނެކާ ވެކްސިން ދީފައި ވެއެވެ. އަދި އިނގިރެސިވިލާތުގައި 11 މިލިއަން ޑޯޒް ދީފައި ވެއެވެ.

އިނގިރޭސިވިލާތާއި އީމާއިން ވެސް ބުނެފައިވަނީ އެސްޓްރާ ޒެކެނާގެ ވެކްސިންގެ ފައިދާ ބޮޑު ކަމަށާއި މި ކަމުގައި އިތުރަށް ކުރަން ޖެހޭ ދިރާސާތައް އެއިން ކޮންމެ ފަރާތަކުންވެސް އަމިއްލައަށް ކުރަމުން ގެންދާނެ ކަމަށެވެ.

ދެން ޔޫރަޕަށް ދިމާވާނެ މައްސަލައަކީ ރައްޔިތުންގެ މެދުގައި ވެކްސިންއަށް އިތުބާރު އުފެއްދުމުޖގެ މަސައްކަތެވެ.

އިޓަލީ، ފްރާނސް، ސްޕެއިން، ޖަރމަނީ، ސައިޕްރަސް އަދި ނެދަރލެންޑުން ބުނެފައި ވަނީ މިއަދު ހުކުރު ދުވަހުން ފެށިގެން އަލުން ވެކްސިން ދޭން ފަށާނެ ކަމަށެވެ.