ޗައިނާއިން ހައްޔަރުކޮށްފައިވާ ކެނެޑާގެ ދެ ރައްޔިތުންގެ ޝަރީއަތް ހުކުރު ދުވަހާއި ހޯމަ ދުވަހު ކުރިއަށް ގެންދާނެ ކަމަށް ބެއިޖިންގ އިން ބުނެފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޖާސޫސް ކުރުމުގެ ތުހުމަތުގައެވެ. މި އިން އެކަކަކީ، ޗައިނާއާ ރަށްޓެހި ކުރީގެ ޑިޕްލޮމޭޓެކެވެ.

މައިކަލް ސްޕެވޯއާއި މިޝޭލް ކޯރވިގް ހައްޔަރު ކޮށްފައިވަނީ ޑިސެމްބަރު 2018 ގައެވެ.

ބެއިޖިންގ އިން މި ދެމީހުންނާ ބެހޭ ތަފްސީލް މަޢްލޫމާތު ދީފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މެންގ ވެންޒޯ ހައްޔަރުކުރުމުގެ ބަދަލުގައެވެ. ކެނެޑާއިން ވެންޒޯ ހައްޔަރުކޮށްފައި ވަނީ އެމެރިކާއިން ނެރެފައިވާ ވޮރެންޓަކަށެވެ. އޭނާގެ ޝަރިއަތް ކެނެޑާގައި ހިނގަމުން އެބަ ދެއެވެ.

ވެންޒޯއަކީ ވާވޭ ކުންފުނީގެ ވެރިޔާގެ އަންހެން ދަރިފުޅެވެ. އަދި އޭނާއކީ އެކުންފުނީގެ ފައިނޭންޝަލް އެގްޒެކެޓިވް އެވެ.