ކުރިއަށް އޮތް ފިތުރު ޢީދު ދުވަސް، މާރިޗް 30 ވާ އާދިއްތަ ދުވާ ދިމާވެއްޖެނަމަ، ޢީދުގެ އުފަލުގައި މުޅި ހަފްތާ އެއްކޮށް ބަންދު ކުރަން ސަރުކާރުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހަވީރު ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ މާރިޗް 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލު މަހުގެ ހަނދު ސާބިތުވެ، މާރިޗް 30 ވާ އާދިއްތަ ދުވަހަކީ، ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް (ފިތުރު ޢީދު ދުވަސް) ކަމަށް ކަނޑައަޅައިފިނަމަ، ފިތުރު ޢީދު ބަންދުގެ ގޮތުގައި އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
ކަލަންޑުގައިވާ ގޮތުން ފިތުރު ޢީދު ދުވަހަކީ މާރިޗް 31 ވާ ހޯމަ ދުވަހުއެވެ. ހޯމަ ދުވަސް، ފިތުރު ޢީދާ ދިމާވެއްޖަނަމަ ސަރުކާރު ބަންދު ވާނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުގެ ދެންވުމުގައި ވަނީ، މިގޮތަށް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމެވީ ފިތުރު ޢީދާ ގުޅިގެން އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް ލިބޭ ގޮތަށް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.
ފިތުރު ޢީދަށްފަހު ސަރުކާރު ހުޅުވޭނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ.