ބޭނުންވާ ތަކެތި

6 ޖޯޑް ބަތް

6 ބިސް

1/3 ޖޯޑް ސްޕްރިން އޮނިއަން

3 ފެހި ރޯމިރުސް

3 މޭޒުމަތީ ސަމުސާ ތެޔޮ

2 މޭޒުމތީ ސަމުސާ ސޯޔާ ސޯސް

4 މޭޒުމަތީ ސަމުސާ ކިރު

1 ފިޔާ

1 ފިޔާ (ރަތްކޮށްފައި)

3/1 ޖޯޑު ފެހި އޮށް (ގްރީން ޕީސް)

1 އިންޗި ފޮނިތޮށި

1 ޖޯޑް ބީންސް، ކެރެޓް، ކެބެޖް

1 މޭޒުމަތީ ސަމުސާ އިނގުރު، ލޮނުމެދު ( ޗިސްކޮށްފައި )

1 ބޭލީފް

ޗިކަން ސްޓިކް (ބޭނުންނަމަ)

1 ސައި ސަމުސާ މިރުސް (ރާޅުކޮށް މުގުރާފައި)

2 ހިކަނދިފަތް

ރަހަލާވަރަށް ލޮނު

1 ސައި ސަމުސާ ރީނދޫ

ތައްޔާރުކުރާނެ ގޮތް

ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ބޭލީފާއި ފޮނިތޮށިކޮޅު އަޅާލާށެވެ. ދެން އިނގުރު ލޮނުމެދު ފިޔާ އެޅުމަށްފަހު ހިކަނދިފަތްކޮޅުވެސް އަޅާށެވެ. އެއަށްފަހު ގްރީން ޕީސް ފިޔަވައި ހުރިހާ ތަރުކާރީއެއްވެސް އަޅާށެވެ. ދެން މުގުރި މިރުސްކޮޅާއި ޗިކަން ސްޓޮކް ރީނދޫ އަދި ލޮނުކޮޅެއްވެސް އެޅުމަށްފަހު ތަރުކަރީ މަޑުވުމުން ވަކިން ތައްޓަކަށް ނަގާށެވެ. ދެން ތަވައެއްގެ ތެރެއަށް ތެޔޮ ފޮދެއް އެޅުމަށްފަހު ކިރުފޮދުގައި ގިރާފައި ބިސްތައް ކޮށާލުމަށްފަހު އަޅާ ދޭފަތަކުން ބިސް އެއްކުރާށެވެ. އެއަށްފަހު އޭގެ ތެރެއަށް ރޯމިރުސް ސްޕރިން އޯނިޔަން އެޅުމަށްފަހު ބަތްކޮޅާއި ތަރުކާރީ ކޮޅުވެސް އަޅާ އެއްކޮށްލާށެވެ. އަދި ސޯޔާސޯސް އަޅާ، ރަތްކޮށްފައި ހުރި ފިޔާކޮޅުވެސް އަޅާ އެއްކޮށްލާށެވެ. ދެން މަތި ޖަހާފައި އިރުކޮޅަކު ބެހެއްޓުމަށްފަހު އުނދުންމަތިން ބާލާށެވެ.