ށ. ނަރުދޫ ބަނދަރު އަލުން ހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތުގެ އަޕްޑޭޓެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ވަނީ ހިއްސާކޮށްފައެވެ. މި މަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްދާ މަޝްރޫޢެކެވެ.

އެމް.ޓީ.ސީ.ސީ އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން ބޭނުންކުރާ ސްޕަޑް ބާޖް ވަނީ ށ. ނަރުދޫ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތް ދަނީ ޕްރޮޖެކްޓްގެ ބޭނުންތަކާ އެއްގޮތަށް ކުރެވެމުންނެވެ.

މި މަޝްރޫޢުގެ މުހިންމު ބައެއް ލަނޑުދަނޑިތަކުގެ ތެރޭގައި މިހާރު ހުރި ބަނދަރު އައުކުރުމާއި، ބަނދަރުގެ ޖާގަ އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ބަނދަރުގައި ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވޭނެއެވެ.

އެމް.ޓީ.ސީ.ސީ އިން ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢު ނިމުމުން ރަށުގެ މައިގަނޑު އިޤްތިޞާދީ ދާއިރާތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށް ބެލެވެއެވެ.