އިޒްރޭލުން މަހާ ސާދާގަރު މަސްކުގެ ޓެސްލާ ކާރުތައް ސަރުކާރު މަސްއޫލުވެރިން ދުއްވަން ގިނަ އަދަދަކަށް ގަންނަން ބީލަމަށް ލައިފިކަމަށް ނަތަންޔާހޫ ބުމުން އެވާހަކަ އިޒްރޭލުގެ ވިޔަފާރި ނޫހަކުން ގޮތުކޮށްފިއެވެ. އެ ނޫހުން ބުނެފައި ވަނީ ނަތަންޔާހޫ ގެ ބަޔާނަކީ މަސްކާއި ޓްރަމްޕަށް ވައި ޖަހަންވެގެން ދައްކާފައިވާ ހޮޅި ވާހަކައެއް ކަމަށެވެ. އަދި އިޒްރޭލުން ކާރު ގަތުމަށް ބީލަމެއް ހުޅުވާފައި ނުވާ ކަމަށާއި އެފަދަ ކަމަކަށް އިޒްރޭލުގައި ފައިސާއެއްވެސް ނެތް ކަމަށެވެ. އިޒްރޭލުގެ އިގްތިސާދު މިއަހަރު ކުރިއަށްދާނީ 1 ޕަސެންޓްގައި އޮވެގެންނެވެ.

މަހާސާދާގަރު މަސްކުގެ ނޭއްގާނީ އަމަލުތަކާ ހެދި އޭނާއާއި އޭނާގެ ކާރު ކުންފުންޏާ ދެކޮޅަށް މީހުން ދަނީ އެންޓި ކެމްޕޭނެއް ހިންގަމުންނެވެ.