މޮސްކޯ، /ޓާސް/: ކަރސްކް ސަރަހައްދުގައި ތިބި ޔޫކްރޭންގެ ސިފައިން ހަތިޔާރު ބަހައްޓަން ދެކޮޅު ހަދާނަމަ ރަހުމުކުޑަ ގޮތަކަށް ނައްތާލާނެ ކަމުގެ އިންޒާރު ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑްވެޑޭވް ދެއްވައިފިއެވެ.
މީގެ ކުރިން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން، ރަޝިޔާގެ ސަލާމަތީ މަޖިލީހުގައި ވިދާޅުވީ ކަރސްކް ކައިރީގައި ތިބި ޔޫކްރޭނު ސިފައިން ހަތިޔާރު ބަހައްޓައިފިނަމަ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ވަރަށް އިންސާނީ އުސޫލެއް، އެކަމަކު ޔޫކްރޭންގެ ނާޒީންނަށް ވެސް ފްލިޕް ސައިޑެއް އެބައޮތް- ހަތިޔާރު ބާއްވަން ދެކޮޅު ހަދައިފިނަމަ އެ އެންމެން ނިޒާމީ ގޮތެއްގައި ރަހުމެއް ނެތި ނައްތާލެވޭނެ،" މެޑްވެޑޭވް އޭނާގެ ޓެލެގްރާމް ޗެނަލްގައި ލިޔެފައިވެ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ގަޑިތަކުގައި ކިއެވްގެ ވެރިކަމުން ސިފައިން ސަލާމަތް ކުރުމަށް ލިބޭ ފުރުސަތު ބޭނުން ކުރާނެތޯ ބެލޭނެ އެވެ.
މާޗް 13 ވަނަ ދުވަހު ރައީސް ޕޫޓިން ވިދާޅުވީ ކަރސްކް ރީޖަންގެ ހާލަތު ރަޝިޔާގެ ފުރިހަމަ ކޮންޓްރޯލްގައި އޮތް ކަމަށާއި ޔޫކްރޭންގެ ސިފައިންގެ ގްރޫޕެއް މުޅިން ފަހަތަށް ޖައްސާފައިވާ ކަމަށް ބުނެފައެވެ. މާޗް މަހުގެ 12 ވަނަ ދުވަހު ޕޫޓިން ވަނީ ރަޝިޔާ ސިފައިންގެ ކަރސްކް ގްރޫޕްގެ އެއް ކޮމާންޑް ޕޯސްޓަށް ޒިޔާރަތް ކުރައްވާފައެވެ.
ކަރސްކް ސަރަހައްދަށް ޔޫކްރޭން ސިފައިންގެ ވަރުގަދަ ހަމަލާއެއް 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ދީ 100 ކިލޯމީޓަރުގެ ސަރަހަދެއްގެ ކޮންޓްރޯލް ނެގިއެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ރަޝިޔާގެ ފަސްގަނޑުން ބައެއް އެހެން ގައުމެއްގެ އަތްދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ރަޝިޔާ ސިފައިންގެ ޖެނެރަލް ސްޓާފުން ބުނާ ގޮތުގައި ޔޫކްރޭން ސިފައިން ހިފާފައިވާ ކާސްކް ސަރަހައްދުގެ %86 އަށްވުރެ ގިނަ ސަރަހައްދު މިހާރު ވަނީ ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި ކަރސްކް ސަރަހައްދުގައި ހަނގުރާމަ ފެށިފަހުން ޔޫކްރޭނުގެ 67،000 އަށް ވުރެ ގިނަ ސިފައިން ވަނީ މަރުވެފައެވެ.