އިންޑިއާއާއި ބަންގްލަދޭޝްގެ ކަނޑުގެ ސިފައިން، ބޮންގޯސާގަރު 2025 އަދި ކޯޑިނޭޓެޑް ޕެޓްރޯލް (ކޯޕަޓް) ކުރިއަށް ގެންގޮސްފިއެވެ. ބޭ އޮފް ބެންގޯލްގައި މި ތަމްރީން ބާއްވާފައި ވަނީ، އިންޑިއާގެ ކަނޑުގެ ސިފައިންގެ އައިއެންއެސް ރަންވީރު މަނަވަރާއި ބަންގްލަދޭޝް ކަނޑުގެ ސިފައިންގެ ބީއެންއެސް އަބޫ ޢުބައިދާ މަނަވަރު ގުޅިގެންނެވެ.

މި ތަމްރީންގެ ސަބަބުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށާއި ކަނޑުގެ ނުރައްކާތައް ހިއްސާކުރުމަށް ތައްޔާރަށް ތިބޭ ހާލަތު ހަރުދަނާ ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

މި ތަމްރީނުގައި ދިރޭ ވަޒަން ބޭނުން ކުރުމާއި ޓެކްޓިކަލް މޫވްސް އާއި، ކަނޑުމަތީގައި ތެޔޮ އެޅުމާއި، ކްރޮސް ބޯޑިންގ ސާރޗް ފަދަ ތަމްރީންތައް ކުރިއަށް ގެންދިޔައެވެ. އަދި މުވާސަލާތީ ޓެސްޓްތަކާއި ޖޫނިއާ އޮފިސަރުންނަށް ކުއިޒްތައް ބޭއްވުމާއި ސްޓީމް ޕާސްޓެއް ވެސް ކުރިއަށް ގެންދެވުނެވެ.

މި ތަމްރީންގެ ސަބަބުން ޕްލޭނިންގ، ކޯޑިނޭޝަން، އަދި މައުލޫމާތު ހިއްސާކުރުމުގައި ވަރުގަދަ ގުޅުންތަކެއް އުފެދި، ކާރިސާތަކަށް ޖަވާބުދާރީވެ އަވަހަށް ޙައްލުކުރުމުގެ ޤާބިލުކަން އިތުރުވެގެން ދާނެއެވެ.

މިތަމްރީނަކީ، އިންޑިއާގެ ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޮލް އިން ދަ ރީޖަން (ސާގަރު) ގެ މާރެސްގެ ދަށުން ބާއްވާފައިވާ ތަމްރީނެކެވެ.

ބޮންގޯސާގަރަކީ، މަތީ ފެންވަރުގެ ތަމްރީނުތަކެކެވެ. ބޮންގޯސާގަރުގެ 5 ވަނަ ބުރު ބާއްވާފައި ވަނީ މިދިޔަ ނޮވެމްބަރުގައެވެ. އެބުރުގައި ބަންގްލަދޭޝްގެ އަބޫއުބައިދާ މަނަވަރުގެ އިތުރުން އަބޫބަކުރުވެސް ބައިވެރިވިއެވެ.