ރޯދަ މަހު މިސްކިތްތަކުގައި އިޢްތިކާފަށް ތިބުމާއި މިސްކިތްތަކުގައި ރޯދަ ވީއްލުން މިސްރު ސަރުކާރުން މަނާ ކޮށްފިއެވެ. ވުޒާރަތުލް އަވްޤާފުން އިޢްލާން ކޮށްފައިވާ ގޮތުގައި ރޯދަ މަހާ ބެހޭ ގޮތުން މިސްކިތްތަކުން އަމަލު ކުރަން ޖެހޭ މިންގަނޑަށް އަމަލު ނުކުރާ މިސްކިތެއްނަމަ އެތަނެއް ބަން ދުކުރެވޭނެއެވެ.

މި އަހަރުގެ ރޯދަ މަހު މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެކަމަކު ތަރާވީސް ނަމާދު އޮންނާނީ ގައިދުރުކޮށް، ހުކުރު ކުރުމަށް ހުއްދަ ދީފައިވާ މިސްކިތްތަކުގައި އެކަންޏެވެ.

މީގެ އިތުރުން ދާއިމީ ގޮތެއްގައި މިސްކިތްތައް ޑިސްއިންފެކްޓް ކުރުމަށާއި ނަމާދަށް އަރާ މީހުން މާސްކު އެޅުމަށް އަންގާފައި ވެއެވެ.

މިސްރުގައި އއިްޔެވެސް 642 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި ކޮވިޑް ޖެހިގެން އެކާޅީސް މީހުން މަރުވެފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.