ޓެންޒޭނިއާގެ ރައިސްކަމުގެ ހުވައި ސަމިޔާ ސުލޫހޫ ހަސަން މިއަދު ކުރައްވައިފިއެވެ. އެކަމަނާ ފުރިހަމަ ކުރައްވާނީ މަރުހޫމް މަގުފުލީ ރައީސްގެ ދެ ވަނަ ދައުރެވެ. މިއަދުރު ހަމަވާނީ 2025ގައެވެ.

އުމުރުން 61 އަހަރުގެ ރައީސާއަކީ ޓެންޒޭނިއާގެ އިސްމަގާމާ ޙަވާލުވަޑައިގަތް ފުރަތަމަ ކަމަނާއެވެ.

ޓެންޒޭނިއާގެ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަގުފުލީ އަވަހާވީ ހަފްތާއެއް ކުރިންނެވެ. ނަމަވެސް ކެންޔާގެ ވެރިރަށް ނެއިރޯބީ ހަސްފަތާލުން ޔަގީން ކޯށްދޭ ގޮތުގައި ހާލު ބޮޑު މަގުފުލީ ގެނެވުނީ މާޗް 8 ގައެވެ. އެއިރު އޭނާއަށް ހިތުގެ މައްސަލައާއި ނޭވާލުމަށް މައްސަލަ ދިމާވެފައި ވެއެވެ. އަދި އޭނާގެ ފުރާނަމަ ސަލާމަތް ކުރެވެން ނެތިގެން ލައިފް ސަޕޯޓް ސިސްޓަމެއްގައި އަނބުރާ ދާރުއްސަލާމަށް ފޮނުވާލީ ކަމަށް ހަސްފަތާލުން ބުނެއެވެ.

މަގުފުލީ ފަސްދާނު ލުން އޮންނާނީ އޭނާގެ އުފަން އަވަށުގައި ބުރާސްފަތި ދުވަހުއެވެ.

އޭނާއަކީ ކޮރޯނާއަށް މަލާމަތް ކޯށްގެން އެފްރިކާއިން އަވަހާރަވި ދެވަނަ ރައީސެވެ. ބުރުންޑީގެ ރައީސް ޕިއޭ ނުކުރުންޒީޒާވެސް ކުއްލި ގޮތަކަށް އަވަހާރަވެފައި ވަނީ ކޮވިޑްޖެހިގެންނެވެ.