ދ. ކުޑަހުވަދޫ ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑަކަށް ހިނގައްޖެ އެވެ.

ދ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އައިޝަތު މުނީރު ވިދާޅުވީ އެރަށުން މިހާތަނަށް 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މީހެއްގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވްވީ މި މަހުގެ 17 ވަނަ ދުވަހުގަ އެވެ.

އޭގެއިތުރުން އެރަށު ސްކޫލްގެ ބައެއް ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާގެ މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެއިން މިހާތަނަށް 22،147 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ. އޭގެ ތެރެއިން 19،642 މީހުން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 2،433 މީހުންނެވެ.

މި ބަލީގައި މިހާތަނަށް 65 މީހަކު ރާއްޖެއިން ވަނީ މަރުވަފެ އެވެ.