ވިހި ވަނަ ގަރުނުގައި ތަފްސީރު ޢިލްމުގެ އެންމެ މުހިންމު ދަންނަބޭކަލެއް ކަމަށްވާ ސޫރިޔާގެ ޢައްލާމާ އައްޝެއިޚް މުޙައްމަދު ޢަލީ ބިން ޖަމީލު އައްޞާބޫނީ އަވަހާރަވެއްޖެއެވެ. ތުރުކީގައި ޞާބޫނީ އަވަހާރަވިކަން އިޢްލާން ކުރެއްވީ ތުރުކީގެ ދިފާއީ ވަޒީރު މުޙުޔިއްދީން ޚަލޫސީ އޭނާގެ އެފްބީ ޕޭޖްގައެވެ.

ޞާބޫނީ އަކީ ފަންސާހަށް ވުރެން ގިނަ ފޮތްތައް ލިޔުއްވާފައިވާ ބޭކަލެކެވެ.އަދި އޭނާގެ އެންމެ މަގްބޫލު ފޮތަކީ، ޞޮފްވަތުއްތަފާސީރުއެވެ.

ސޫރިޔާގެ ވެރިންގެ އަނިޔާވެރިކަމާ ދެކޮޅުވި ދަންނަބޭކަލުންނަށް މަރުގެ ނިޔާ އިއްވަމުން ދިއުމާ ގުޅިގެން އޭނާ ސޫރިޔާ ދޫކުރައްވައި ތުރުކީއަށް ހިޖުރަ ކުރެއްވީއެވެ. إنا لله وإنا إليه راجعون