ސްޓްރީޑާންސަރ 3 ގެ ތަރި ޝަރުދާ ކަޕޫރު އޭނާގެ މިފަހަރުގެ ޗުއްޓީ ވެސް ހޭދަކުރަނީ ދިވެހި ރާއްޖޭގައެވެ.

ވޮއްމުލި ރެސޯޓްގެ ބީޗްގައި ޝަރުދާ ނަގާފައިވާ ފޮޓޮއެއް ހިއްސާ ކުރަމުން އޭނާ ދިވެހިރާއްޖޭގައި ހުރިކަމަށް ލިޔެފައިވެއެވެ. އަދި ބޭބެ ސިދާތު ކަޕޫރު މަތިން ވަރަށް ބޮޑަށް ހަދާންވާ ކަމަށް ވެސް ސްޓޯރީގައި ލިޔެފައި ވެއެވެ.

މިފަހަރު ޝަރުދާ ޗުއްޓީއަށް އައިސްފައިވަނީ ވަނީ އޭނާގެ މަންމަ އާއި ބައްޕަޔާއެކުގަ އެވެ. މީގެ ކުޑަ ދުވަސް ކޮޅެއް ކުރިންވެސް ޝަރުދާ ކަޕޫރު އޭނާގެ ދެބެންގެ ދެދަރި ކުއްޖެއްކަމަށްވާ ޕްރިޔަންކް ޝަރުމާގެ ކައިވެންޏަށް ދެވެހި ރާއްޖެ އައިސްފައިވެއެވެ.

މިފަހަރުގެ ޗުއްޓީގައި އޭނާ ދިވެހިރާއްޖޭގައި ހޭދަކުރަމުންދާ އުފާވެރި ދުވަސްތައް ބަޔާންކޮށް އިންސަޓަގްރާމުގައި ވަރަށް ގިނަ ފޮޓޯއާއި ވީޑިއޯތައް ހިއްސާ ކުރަމުން އެބަ ގެންދެއެވެ. ދިވެހިރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި މޫދާއި އަތިރިމަތީގެ އިތުރަށް އުޑުމަތިން ރޭގަނޑުގެ ފެންނަ ތަރިތަކުގެ މަންޒަރުވެސް ޝަރުދާ ހިއްސާކޮށްފައިވެއެވެ.

ޝަރުދާގެ ބައްޕަ އަކީ 80 އާއި 90ގެ އަހަރަކުތަކުގައި ބޮލީވުޑް ފިލްމުތަކުގައި ނުބައި ބައި ކުޅުމަށް މަޝްހޫރު ޝައްކްތީ ކަޕޫރެވެ. މަންމަ އަކީވެސް ބޮލީވުޑްގެ ކުރީގެ ތަރިއެއް ކަމަށްވާ ޕަދުމިނީ ކޯލާޕޫރީގެ ކޮއްކޮ ޝިވާންގީ ކޯލާޕޫރީ އެވެ.

ޝަރުދާ ކަޕޫރަކީ ހަމަ އެކަނި ފިލްމު ކުޅޭ ތަރިއެއް ނޫނެވެ. އޭނާ ހިންދީ ލަވަވެސް ކިޔައެވެ.