ހޯމް ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރ. އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން ޓެސްޓު ކުރި މީހެކެވެ. އޭނާގެ ފިރިމީހާ އަކީ މާލެ ދަތުރުކުރާ މީހަކަށްވުމުން މިހާރު ބެލެވިފައި ވަނީ ފިރިމީހާގެ ފަރާތުން ބަލި ފެތުރުނީ ކަމަށެވެ. އެހެންވެ އެކަން ޔަގީން ކުރުމުގެ މަސައްކަތް އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.
އެ އަންހެން މީހާގެ ފިރިމީހާގެ މާލެ ދަތުކުރާ ބޯޓުގައި ކޮންމެ ހަފްތާއަކު އެރަށާ މާލެ އާ ދެމެދު ދަތުރު ކުރެ އެވެ. އެހެންވެ ބޯޓުން ދަތުރުކުރާ އެންމެންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ވަނީ އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން އަންގާ ލިޔުން އެރަށު ކައުންސިލް އިދާރާއަށް ފޮނުވާފަ އެވެ.
އެ ލިޔުމުގައިވާގޮތުން އެޗްޕީއޭގެ ހުއްދަނެތި އުނގޫފާރަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.