ޓީއެމްއޭގެ ފަރާތުން އޭވިއޭޝަންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ޒުވާނުންނަށް ޚާއްޞަ ޕްރޮގުރާމެއް އިލާނު ކޮށްފިއެވެ. މިއީ ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް އަމާޒުކޮށް ތަޢާރަފު ކުރި ޕްރޮގުރާމެކެވެ.

ޓީ އެމް އޭއިން ހާމަ ކުރާގޮތުގައި މިއީ "ޝީޓް މެޓްލްގެ" މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ.

3 މަސްދުވަހުގެ މި ޕްރޮގުރާމަށް ހޮވޭ ފަރާތްތަކަށް "ސްޓައިޕެންޑް" އެއްވެސް ދިނުމަށް ޓީ އެމް އޭ އިން ކަނޑައަޅާފައި ވެއެވެ.

ޓީ އެމް އޭއިން އުންމީދު ކުރަނީ ގިނަ ދިވެހި ޒުވާނުންތަކެއް މި ޕްރޮގުރާމުގައި ބައިވެރިވެ އޭވިޝަންގެ ދާއިރާއަށް ޝައުގުވެރި ވާނެ ކަމަށެވެ.

މި ޕްރޮގްރާމް ނިމޭއިރު ބައިވެރިންގެ ތެރެއިން ޓީ އެމް އޭ ގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވެސް އެ ފަރާތުން ހާމަ ކުރެއެވެ.

ޕޮރޮގުރާމުގެ ބައިވެރިންގެ ތެރެއިން މި ފުރުޞަތު ލިބިގެން ދާނީ މި ކަމަށް ޝައުގުވެރިވާ މަސައްކަތަށް ފަރުވާތެރި، ހުނަރުވެރި، ކަމަށް ކަމޭހިތާ ޒުވާނުންނަށް ކަމަށް ޓީ އެމް އޭ އިން ހާމަ ކުރެއެވެ. މި ޕްރޮގުރާމް ފަށަން ހަމަޖެހިފައިވަނީ އޭޕްރީލް 2021 ގައެވެ.

ބަވެރިވާން އެދޭ ފަރާތްތަކުން މިހާރުއްސުރެ އެފަރާތެއްގެ ވަނަވަރު މެއިލް ކުރުމަށް ޓީ އެމް އޭ އިން ބުނެފައިވެއެވެ.