އިންޑިއާއިން އެކާވީސް އަހަރުގެ އަންހެނަކު ފުރާޅުމަތިން ވެއްޓި މަރުވެއްޖެއެވެ. ސްރިޝާ ވެއްޓިފައިވަނީ އެކުވެރިންތަކަކާއެކު ޓެރަސްގައި ބެޑްމިންޓަން ކުޅެން އުޅުނު ވަގުތު ރާމާމަކުނު ތަކެއް އޭނާ ފަހަތުން ދުވަން ފެށުމުން އެ އެއްޗެހީގެ ކިބައިން ސަލާމަތްވާން އުޅުމުގެ ތެރޭގައެވެ.

ސްރިޝާއާއި އޭނާގެ އެކުވެރިން ރާމާމަކުނުތައް ފައްސާލަން އުޅުނު ނަމަވެސް އެމީހުންނަށް ކާމިޔާބެއް ނުލިބުނެވެ. އެހެން ކަމުން ރާމާމަކުނުތަކުގެ ފަރާތުން ލިބިދާނެ ހަމަލާއަކުން ސަލާމަތް ވުމަށްޓަކައި ސްރިޝާއާއި އޭނާގެ އެކެވެރިން ފިލަން މަސައްކަތް ކުރިއެވެ.

ސްރިޝާގެ އެކުވެރިންނަށް ރާމާމަކުނުތަކުގެ ކިބައިން ފިލަން ކުރި މަސައްކަތް ކާމިޔާބުވީ ނަމަވެސް ސްރިޝާވަނީ ފިލަން އުޅުމުގެ ތެރޭގައި ފުރާޅުން ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެފައިއެވެ.

"މާސްޓަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަންސް ގެ ގްރެޖުއޭޓް “ ސްރިޝާ ދިރިއުޅެމުން ދިޔައީ އޭނާގެ އެކުވެރިންތަކަކާއެކު އެޕަރޓްމެންޓެއްގަ އެވެ. އޭނާ މަރުވި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

އިންޑިއާގައި ރާމާމަކުނު މީހުންނަށް ހަމަލާދީ ހެދުމަކީ އާއްމު ކަމަކަށް ނުވިޔަސް މިއީ މަދުން ހިނގާ ކަމެއް ކަމަށް ވެއެވެ. 2019 ވަނަ އަހަރު ރާމަމަކުނުތަކެއް 12 ދުވަހުގެ ތުއްތު ކުއްޖެއްގެ އިތުރުން 58 އަހަރުގެ އަންހެނަކަށް ހަމަލާ ދިން ދެ ހަދީސާއެއް ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފުރަތަމަ ރިޕޯޓް ކުރެވުނީ ރާމާމަކުނުތަކެއް އަންހެނެއްގެ ގެޔަށް ވަދެ އޭނާގެ ދަރިފުޅަށް ގާތުން ދޭން އިންދައި އެ ކުއްޖާ އަންހެން މީހާގެ އަތުން ޖަހައިގަނެ އެ ކުއްޖާގެ ގައިގައި މަރުވަންދެން ދަތް އެޅި ވާހަކައެކެވެ. ރިޕޯޓްކޮށްފައިވާ ދެވަނަ ހަމަލާގައި ވެސް ރާމާމަކުނު ތަކެއް ވަނީ ފިނި ކޮށްލަން ބޭރަށް ނުކުތް 58 އަހަރުގެ އަންހެނެއްގެ ގައިގައި އޭނާ މަރުވަންދެން ދަތް އަޅާފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޖެނުވަރީގައި އަންހެނަކު އޭނާގެ ގޭގެ ޓެރެސްއަށް ހެެދުން ހިއްކަން އަޅަން ދިޔަ ވަގުތެއްއްގައި ރާމާމަކުނުތަކައެއް އޭނާއަށް ހަމަލާ ދިނުމުން ފިލަން އުޅުމުގެ ތެރެއިން ވެއްޓި މަރުވެފައިއެވެ. ހަމަ އެ އަހަރުގެ އޮކްޓޮބަރ މަހުގައި ޓެރެސްގައި ހިއްކަން އަޅާފައި ތިބި ހެދުން ތަކެއް ނަގަން ދިޔަ 13 އަހަރުގެ އަންހެން ކުއްޖަކަށް ރާމާމަކުނުތަކެއް ހަމަލާދިނުމުން ފިލަން އުޅުމުގެ ތެރޭގައި އެކުއްޖާވެސް ވަނީ ޓެރެސް އިން ވެއްޓި މަރުވެފައިއެވެ.