ޝައުބާން މަހާއި ރަމަޟާން މަހު މަސްޖިދުއްނަބަވީގެ އިންތިޒާމުތައް ހާމަކޮށްފިއެވެ. ދެ ޙަރަމްގެ އިދާރާގެ ރައީސް ޑރ. ޢަބްދުއްރަޙްމާން އައްސުދައިސް، އިއްޔެ މަސްޖިދުއްނަބަވީގެ އިންތިޒާމުތައް ބެއްލެވުމަށް ކުރެއްވި ޒިޔާރަތަށް ފަހު ހާމަ ކުރެއްވި ގޮތުގައި ޝަޢްބާން މަހާއި ރަމަޟާން މަހަށް ޚާއްސަ އިންތިޒާމުތަކެއް މަސްޖިދުއް ނަބަވީގައި ވަނީ ހަމަޖައްސަވާފައެވެ. އޭނާ ވިދާޅުވީ، ފަރުޟު ނަމާދުތަކާއެއް ހަމައެއްގައި މަސްޖިދުއްނަބަވީގައި ތަރާވީސް ނަމާދު ކުރާނެއެވެ. އެހެން ނަމަދާދު ތަކުގައި ވެސް ހަމަޖެހިފައި އޮންނަ އަދަދަށްވުރެން ތަރާވީހަށް މަސްޖިދުއްނަބަވީއަށް މީހުން އިތުރު ނުކުރެވޭނެއެވެ. މި ދެމަހުވެސް މަސްޖިދުއްނަބަވީއަށް ނަމާދަށް އެއްފަހަރާ ވަދެވޭނީ އެންމެ ގިނަވެގެން ހަ ހާސް މީހުންނަށެވެ. އެއީ މިސްކިތް ތެރޭގައި 4500 މީހުންނަށާއި މިސްކިތުގެ ހަރިއްމައިގައި އެއްހާސް ފައްސަތޭކަ މީހުންނަށެވެ. ތަރާވީސް ނަމާދަށްފަހު މިސްކިތް ބައިގަޑި އިރަށް ހުސްކުރުމަށްފަހު ޑިސްއިންފެކްޓް ކުރެވޭނެއެވެ. އަދި ރޭނަގނޑު މިސްކިތް ބަންދުކޮށްފައި ބެހެއްޓުމަށްފަހު ދެން ހުޅުވޭނީ ފަތިސްނަމާދުގެ ބަންގީގެ ދެ ގަޑި އިރުކުރިންނެވެ. ނަމަވެސް ރޯދަ މަހު ފަހު ދިހައިގައި މިއަށް ލުޔެއް ދީފައި ވާނެއެވެ.