ޗައިނާއާއި ޓައިވާނާ ދެމެދު އަލަނާސި ހަނގުރާމައެއް ފެށިއްޖެއެވެ. ޓައިވާނުން ގޮވާން ކުރާ އަލަނާސީގައި ނުލަފާ ވައްތަރެއްގެ ޖަރާސީމެއް ހުންނަ ކަމަށް ބުނެ ޗައިނާއިން ވަނީ ޓައިވާން އަލަނާސި އެތެރެ ނުކުރުމަށާއި ނުކެއުމަށް ރައްޔިތުންނަށް އަންގާފައެވެ.

ތައިވާނުން ބުނަނީ މިއީ ޓައިވާނަށް ޗައިނާއިން ފިއްފިއްތުމުގެ އައު ވައްތަރެއް ކަމަށެވެ. ޗައިނާއިން ފެތުރުނު ކޮރޯނާއަށް ފަހު ބެއިޖިން އިން ވަނީ ދެކޮޅުވެރިކަން ދައްކާ ކޮންމެ ގައުމަކަށްވެސް މިޒާތެއްގެ ދަތިކުރުމެއް ކުރިމަތި ކޮށްފައެވެ. ބްރޒިލްގެ މަހާއި އޮސްޓްރޭލިއާގެ ލޮބްސްޓާއަށްވެސް މިފަދަ ހާލެއް ޖެހުނެވެ.

ޓައިވާނުން ކޮންމެ އަހަރަކު، ރާއްޖޭގެ އާބާދީއާ އެއްވަރަކަށް އަލަނާސި އުފައްދައެވެ. އަދި މިއިން ދިހަ އެއް އިން ސައްތަ ޗައިނާ މީހުންގެ ކެއުމަށް ފޮނުވައެވެ.

"ޓައިވާން އަލަނާސިއަކީ، ފައިޓާ ޖެޓަށް ވުރެން ބާރުގަދަ ސަރަހައްދީ ސިޔާސީ މައްސަލައިން ފެލާ ލެވޭވަރަށް ވުރެން މާ މީރު އެއްޗެއް" ޓައިވާންގެ ނާއިބް ރައީސް ލާއި ޗިންގ ޓެގެ ޓުއީޓެއްގައި ވިދާޅުވިއެވެ.

ޓައިވާނު ސަރުކާރުން ރައްޔިތުންނަށް އަންގާފައިވަނީ ޗައިނާ މީހުންނަށް ކާން ނުލިބޭ ޓައިވާންގެ މީރު އަލަނާސި ކައި ހުސްކުރުމަށެވެ.