ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 8:25 ގައި ހާލު ދެރަވެގެން އައިޖީއެމްއެޗުގެ އިމަޖަންސީ ރޫމަށް ގެނައި މީހަކު 8:45 ގައި މަރުވެފައިވާ ކަމަށެވެ.

އުމުރުން 66 އަހަރުގެ އެ ފިރިހެން މީހާއަކީ ރާއްޖެއިން ކޮވިޑްގައި މަރުވި 66 ވަަނަ މީހާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

އެމީހާއަކީ ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ މަރުވި ފަހުން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.