މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ފިނިކުރި ކުކުޅުގެ އަގު ހެޕީމާކެޓުން ހެޔޮކޮށްފިއެވެ. ހެޕީމާކެޓުން ކުކުޅު ކިލޯއެއް މިހާރު ވިއްކާނީ 28 ރުފިޔާއެވެ.

ހެޕީމާކެޓުން ލިބެންހުރި ފިނިކުރި ކުކުޅުގެ ސައިޒްތަކަކީ 800ގ، 900ގ، 1000ގ، 1200ގ، 1400ގ އެވެ.

"މާލެ، ވިލިމާލެ، ހުޅުމާލެ، ކުޅުދުއްފުށި ސިޓީގައި ހުންނަ އަޅުގަނޑުމެންގެ ފިހާރަތަކުން ކުކުޅު މިއަގުގައި ވިއްކަން ފަށާ، ދުނިޔޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓެނީނަމަ، ރަމަޟާން މަސް ނިމެންދެން ފިނިކުރި ކާބޯތަކެތީގެ އަގުތައް މިގޮތުގައި އަޅުގަނޑުމެން ހިފައްޓާނަމެވެ." ހެޕީމާކެޓުން ބުނެފައިވެއެވެ.

މީގެ އިތުރުން އެހެން ބައެއް ޕްރޮޑަކްޓްތަކުގެ އަގުތައް ވެސް ކުރިއަށް އޮތްތާނގައި ކުޑަކުރެވޭނެ ކަމަށް ހެޕީމާކެޓުން ބުނެފައިވެއެވެ.

މީގެ އިތުރުން ރޯދަމަހަށް ޚާއްސަކޮށް އާ ޕްރޮޑަކްޓްތަކެއްވެސް ވަނީ ތައާރަފް ކުރަން ހަމަޖެހިފައެވެ. އެއީ، އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ފޯޗިއުން ބްރޭންޑްގެ 2 ޕްރޮޑަކްޓަކާއި ޖަރމަނީގެ އުފެއްދުމެއް ކަމަށްވާ އޮލްޑަންބަރގަރގެ 5 ޕްރޮޑަކްޓެކެވެ.

އަލަށް ތައާރަފް ކުރެވޭ ޕްރޮޑަކްޓްތަކަކީ ރޯދަމަހު ކާއެއްޗިހި ތައްޔާރުކުރުމަށް ވަރަށް ގިނައިން ބޭނުން ކުރާނެ ޕްރޮޑަކްޓްތަކަކަށް ވެގެންދާނެއެވެ. މިއާ ބެހޭ އިތުރު ތަފްސީލެއް ހެޕީމާކެޓުން އަދި ނުދެއްވައެވެ.

ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ހެޕީމާކެޓްގެ ހުރިހާ ފިހާރައަކުން ލިބިލައްވާނެއެވެ.