ކޮވިޑް-19 އަށް އިތުރު 149 މީހުން ރާއްޖެއިން މިއަދު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެންމެފަހުން ހާމަކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 120 މީހުންނެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ 18 މީހެކެވެ. ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވީ 7 މީހެކެވެ. ރަށްރަށުން ޕޮޒިޓިވްވީ 4 މީހުންނެވެ. ބަލިން އަލަށް ރަނގަޅުވީ މީހުންގެެ އަދަދަކީ 138 އެވެ.

މި ޢަދަދު ތަކާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ މީހުންގެ ޢަދަދު ވަނީ 22،662 އަށް އަރައިފައެވެ. ބަލިން ފަސޭހަވެފައިވަނީ 20،142 މީހުންނެވެ. 66 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ މީހުންގެ ޢަދަދަކީ 90 އެވެ.