ރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ޤާއިމުކުރުމުގެ ދޮރު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީހު ވިދާޅުވީ މިކަން ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި، ޓެކްނޮލޮޖީ ކުންފުނިތަކަށް ދައުވަތު ދީފައިވާކަމަށެވެ.
ޖަޕާނުން ބޭއްވި ސައިންސް އެންޑް ޓެކްނޮލޮޖީ އިން ސޮސައިޓީ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަމަށާ ކަނޑުގެ މަގަށް ބަލާކަމުގައި ވާނަމަ ދިވެހިރާއްޖޭ އޮތީ އެންމެ މުހިއްމު ޝިޕިން ރޫޓްގައި ކަމަށެވެ. އަދި ރާއްޖޭގެ ކަނޑު އަޑީގެ ސީބެޑް ހުރިގޮތުން ކަނޑު އަޑީގައި ޑޭޓަރ ސެންޓަރުތަކެއް ގާއިމުކުރުމުގެ ރިސާޗް އަށް އެންމެ ކަމުދާ ގައުމަކީ ރާއްޖެކަމަށް ދެކެވަަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.. މީގެ އިތުރުން މިހާރުވެސް
"ޓެކްނޮލޮޖީ އާއި އިންޓަރނެޓުން ލިއްބައިދޭ ފައިދާ ބޮޑު ކަމުގައި ވީ ނަމަވެސް މީގެ ސަބަބުން މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އައިސްފައިވޭ. އެހެންކަމުން ޑިޖިޓަލް ޑިވެލޮޕްމަންޓްގައި ސޯޝަލް ސައިންސްގެ ދައުރު އިތުރަށް ފުޅާ ކުރަންޖެހިފައިވޭ. މިގޮތުން ޖަޕާނުގެ އިސްނެގުމެއްކަމުގައިވާ ސޮސައިޓީ 5.0 އަކީ މިނިސްޓަރ ތަރުހީބުދޭ ސޯޝަލް މޮޑެލް އެއް." މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަކީ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ސައިންސް، ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ އެހީގައި ރާއްޖެއަށް އަންނަ މޫސުމީ ބަދަލުތަކަށް ހައްލު ހޯދިދާނެކަމަށެވެ. އަދި ކޯވިޑް-19ގެ މި ކާރިސާއިން ރިސާޗް އެންޑް ޑިވެލޮޕްމަންޓް ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރިއަށް ގެންދިއުމުގެ މުހިއްމު ކަމާއި، އިންޓަރނެޓްގެ މުހިއްމު ކަން އިތުރަށް ފާހަގަވެގެންދިޔަ ކަމަށް މިނިސްޓަރ ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޖަޕާނުގެ ފަރާތުން ބޭއްވި ސައިންސް އެންޑް ޓެކްނޮލޮޖީ އިން ސޮސައިޓީ، އެސްޓީއެސް ފޯރަމަކީ ކޯވިޑް-19ގެ މި ހާލަތުގައި ސައިންސާއި ޓެކްނޮލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައިންސް އެންޑް ޓެކްނޮލޮޖީ އިނޯ ޝިންޖީގެ އިތުރުން 49 ޤައުމެއްގެ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ބެހޭ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.