ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގުރާމުގައި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ 92 އިންސައްތަ މީހުންނަށް ވެކްސިން ދީފައިވާކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ އިދަރާގައި މަސައްކަތް ކުރައްވާ ފުލުހުންނާއި، މަދަނީ ސްޓަފުން ހިމެނޭހެން ބޮޑު އިންސައްތައެއް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރެއްވިކަން ހާމަކޮށްފައިވާއިރު، ވެކްސިން ޖަހަމުންދަނީ ފުލުހުންގެ މެޑިކަލް ބޯދުގެ ބެލުމުގެ ދަށުންނެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ފުލުހުންނާއި މަދަނީ މުވައްޒަފުން ހިމެނޭ ގޮތަށް 92 އިންސައްތަ މީހުނަސް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ އިދާރާގައި ގާއިމުކޮށްފައިވާ ޑީއެންއޭ ލެބޯޓަރީއަކީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގެންފައިވާ ލެބޯޓަރީއެއް ކަމަށެވެ.