ލ. ގަމުގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރާ ސެންޓްރަލް އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ސެންޓްރަލް އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި ގަމު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމާއި ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދެވެ.

އެމްޑީ ސަޢީދު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވަނީ ގައުމުގެ ފަސް މިސްކިތާއި އިޖުތިމާޢި މަރުކަޒުގައި ސޯލަރ ޕީވީ ނިޒާމް ގާއިމް ކުރުމުގެ އެއްބަސް ވުމުގައި ސޮއި ވެސް ކުރައްވައިފިއެވެ.

މި އެއްބަސް ވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ. ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުޙައްމަދު ޝިޔާމެވެ.