ރ. ހުޅުދުއްފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ މިމަހު ހަތަރު ވަނަ ދުވަހު އުނގޫފާރަށް ދަތުރުކުރި ހުޅުދުއްފާރު މީހަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެހެންކަމުން ކޮންޓެކްޓް ޓްރޭސިންއާއި ކޭސް އިންވެސްޓިގޭޝަން ނިމެންދެން ހުޅުދުއްފާރު މޮނިޓަރިންގެ ހާލަތަށް ލާފައިވާކަމަށެވެ.