ކޮވެކްސް ފެސިލިޓީ އިން ހަދިޔާކުރި، ފައިޒާ ވެކްސިންގެ 5850 ޑޯޒް މިއަދު ރާއްޖެ ގެނެސްފި އެވެ.

ޔުނިސެފް އިން ބުނީ ވެކްސިން ސަޕްލައިކޮށް، ލޮޖިސްޓިކްސް އާއި ކޯލްޑް ޗެއިން މެނޭޖްމަންޓުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ 70- ޑިގްރީގަ އެވެ. ފައިޒާ އެ ވެކްސިން ހޭންޑަލް ކުރުމުގެ ކެޕޭސިޓީ ގާއިމް ކުރުމަށްފަހު އެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ ދެ ލައްކަ ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒް ވެސް މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ. އެއަށްފަހު މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުގައި ޖަހަނީ ޗައިނާގެ ސައިނޯފާމް ވެކްސިނުންނެވެ. ކޮވިޝީލްޑާއި ސައިނޯފާމް ވެކްސިން ވެސް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.