ކ.ހުރާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 28 އަށް އަރައިފިއެވެ.
ހުރާއިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ މާލެ ގެނެސް ޓެސްޓް ހެދުމުންނެވެ. މިއާއެކު އެރަށަށް އަރައިފޭބުން މަނާކޮށް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެރަށް މޮނިޓަރިންއަށްލީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެރަށުން ރެންޑަމް ސާމްޕަލްތަކެއް ވަނީ ނަގާފައެވެ.
ހުރާ ސިއްޙީ މަރުކަޒުން ބުނީ އެރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަމަށާއި އޭގެ ފަހުން ނެގި ރެންޑަމް ސާމްޕަލްތަކުން އިތުރު 25 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. މިއައެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 28 އަށް އަރާފައެވެ.