ބޭނުންވާ ތަކެތި

4 ޖޯޑް މިކްސް ގްރީން ލީވްސް

2/1 ސައި ސަމުސާ ބަޓަރ

1 މޭޒުމަތީ ސަމުސާ ވިނިގާ

1 މޭޒުމަތީ ސަމުސާ މާމުއި

1 ލޮނުމެދު (ކޮށާފައި)

3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

2/1 ސައިސަމުސާ އަސޭމިރުސް (މުގުރާފައި)

3 މޭޒުމަތީ ސަމުސާ ކަޖޫނަޓް (ތުނިކޮށް ކޮށާފައި ނުވަތަ މުގުރާފައި)

1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

2/1 ޖޯޑް ޗެރީ ޓޮމާޓޯ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ތަވަޔަށް ބަޓަރ ކޮޅު އެޅުމަށް ފަހު އުނދުންމައްޗަށް އުދާ ދިޔާ ކޮށްލާށެވެ. އެއަށްފަހު ލޮނުމެދު ކޮޅު އަޅާލާށެވެ. ދެން ހިހޫ ކުރުމަށް ބަހައްޓާށެވެ. ހިހޫ ވުމުން މާމުއި، ވިނިގާ، އޮލިވް އޮއިލް، އަސޭމިރުސް، ލޮނު، ލުނބޯ ޖޫސް އަޅާ އެއްކޮށްލާށެވެ. ދެން މިކްސް ގްރީން ލީވް އާއި ޗެރީ ޓޮމާޓޯ ވެސް އެއްކޮށްލުމަށްފަހު މައްޗަށް ކަޖޫނަޓް ކޮޅު ބުރުވާލާށެވެ.