އިންޑިއާގެ ބޮޒދު ވަޒީރު ނަރެންދްރަ މޮދީ ޕާކިސްތާން ދުވަހުގެ ތަހުނިޔާ ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާނަށް ފޮނުއްވައިފިއެވެ. ޚާންއަށް މޮދީ ފޮނުއްވި ސިޓީފުޅުގައި ޕާކިސްތާނާއެކު އިންޑިއާއިން ސުލްޙައަށް އެދޭކަން ބަޔާން ކުރައްވާފައި ވެއެވެ. އަދި ކޮވިޑްގެ ހާލަތުން ޕާކިސްތާން އަރައި ގަތުމަށް ހެއޮ އެދުންތައްވެސް ފޮނުއްވާފައި ވެއެވެ.

ޕާކިސްތާން ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް މާޗް 23 ވަނަ ދުވަހުއެވެ. މިއީ މުސްލިމުންނަށް ވަކި ދައުލަތެއް ހެދުމަށް ލާހޯރުގައި ފާސް ކުރި މުނާސަބާ ފާހަގަ ކުރާ ދުވަހެވެ.

އިންޑިއާއިން ކޮންމެ އަހަރަކުވެސް މި ދުވަހު ޕާކިސްތާނަށް ސިޓީއެއް ފޮނުވައެވެ.

ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ވަޅޯވެފައިވާ ގުޅުން އަދިވެސް އޮތީ ހަމަ އެ ގޮތުގައެވެ. ނަމަވެސް ދެ ގައުމުން ވަނީ ހަމަލަތައް ބަދަލުކުރުމަށް އެއްބަސްވެފައިވާ ހުރިހައި އެއްބަސްވުމަށް އަމަލު ކުރުމަށް ނިންމާފައެވެ.

ބޮޑު ވަޒީރު އިމްރާން ޚާން ކޮވިޑަށް ފައްސިވެ ވަޑައިގަތުމުގެ ސަބަބުން މޮދީ ވަނީ ޚާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖެއްވެސް ފޮނުއްވާފައެވެ.

ޕާކިސްތާނުން ސިފައިންގެ ލީޑަރޝިޕުންވެސް ވަނީ އިންޑިއާއާއެކު ސުލްޙައަށް ޝއުގުވެރިވާ ކަމުގެ ސިގްނަލްތަކެއް ދީފައެވެ. ޕާކިސްތާނަކީ، މަދަނީ ވެރިކަމުގައި ސިފައިން ބަސްކިޔާ ގައުމެއް ކަމުން ސިފައިން ނިންމާ ނިންމުމެއް މަދަނީ ސަރުކާރުން ތަންފީޒު ކުރާނެއެވެ.