އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް ސީޑީސީ ގެ ކުރީގެ ވެރިޔާ ވިދާޅުވަނީ އޭނާގެ ލަފައަކީ ކޮރޯނާ ވައިރަސް އުފެދިގެން އައީ ވޫހާންގެ ލެބޯޓްރީން ކަމަށެވެ. އަދި މި ބަލި ފެތުރެން ފެށީ ސެޕްޓެމްބަރު 2019 ގައި ކަމަށެވެ.
ޗައިނާއިން ބުނާ ގޮތުން މިއީ ވާލުން އެހެން ޖަނަވާރެއްގެ ޒަރިއާއިން އިންސާނުންނަށް ޖެހުނު ބައްޔެކެވެ. ނަމަވެސް މި ކަމަށް އެހެން އެތައް ނަޒަރިއްޔާއެއް ގޮން ޖަހައި އެވާހަކަ ދޮގު ކުރުމަށް މަޢްލޫމާތު ހާމަ ކުރެއެވެ.
ރޮބަރޓް ރެޑްފީލްޑް ވިދާޅުވިގޮތުގައި މިއީ ޗައިނާއިން ގަސްތުގައި ފަތުރާފައިވާ އެއްޗެއް ކަމަކަށް އޭނާ ލަފައެއް ނުކުރައްވައެވެ. އަދި ލިބެން ހުރި މައްލޫމާތަށް ބިނާ ކޮށް އޭނާ ގެ ލެބީޓްރީ ތިއަރީ ލަފާ ކުރައްވަނީ ކަމަށެވެ.
މިނޫނަސް އެހެން އެތައް ފަރަތާކުން މި ކަމާ ބެހޭ ވާހަކަތައް ލަފާ ކުރުމުން މިހާރު ޖުމުލަ ހަތަރު ތިއަރީއެއް އާންމުކޮށް މިމައްސަލާގައި ބަހުސްކުރުމަށް ބޭނުން ކުރެވެއެވެ.
އޭނާ ވިދާޅުވިގޮތުގައި އާންމު ގޮތެއްގައި ލެބޯޓްރީގައި މަސައްކަތް ކުރާނީ ލިބިފައިވާ ވައިރަސްތައް ބާރުގަދަކޮށް އަދި އިތުރަށްވެސް ބާރުގަދަ ކުރުމަށެވެ.
އެމެރިކާގެ ކޮވިޑް19 ތަޖުރިބާކާރު ޑރ. ފައުޗީ ވިދާޅުވަނީ މިއީ ރެޑްފީލްޑްގެ އަމިއްލަ ޚިޔާލުފުޅެއް ކަމަށެވެ.