ކ.ހުރާ އިން ކޮވިޑް-19 އަށް އިތުރު ފަސް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހުރާ އިން ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ އާދިއްތަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ.

އެ ކޭސްއާ ގުޅިގެން ހުރާގެ ހެލްތް ސެންޓަރު ދަނީ ކޮންޓެކްޓް ޓްރޭސިން އަދި ރެންޑަމް ސާމްޕަލްތައް ވެސް ރަށު ތެރެއިން ނަގަމުންނެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެ ރަށުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 33 އަށް އަރާފައިވާ ކަމަށް ހެލްތު ސެންޓަރުން ބުނެއެވެ.

ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް ހެލްތު ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.