އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދް ވިދާޅުވީ މެންބަރު ސަލީމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ޓެސްޓްތަކެއް ހެދުމަށްކަމަށާ އެޑްމިޓްކުރިނަމަވެސް ހާލުކޮޅު ސީރިއަސްނޫންކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސަލީމް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މާ ބޮޑަށް ހުންގަދަވެގެންނެވެ.