އަމިއްލަ އިޚުތިޔާރުގައި މަސްތުވެގެން ހުރި މީހަކާއެކު ޖިންސީ ގުޅުން ހިނަގުމަށް އޭނާގެ ރުހުން ބޭނުމެއް ނުވާނެ ކަމަށް މިނެސޯޓާ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

ފްރާންސުވާ މޯނޫ ޚަލީލުއަށް އޭނާގެ ރޭގަނޑުގެ ބައިވެރިއާ ލިބުނީ އެމީހާ މަސްތުވެގެން ހުރުމުން ބާރއަކަށް އޭނާ ވެއްދުމަށް އިންކާރު ކުރުމުންނެވެ. ނުރުހުމުގައި އަންހެނަކާއެކު ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި ކުރި ދައުވާގައި ދަށު ކޯޓުގެ ތަހުކީމް ކޮމިޓީން ޚަލީލާ ދެކޮޅަށް ނިންމީ އޭނާ އަންހެން މީހާއާ އެކު ނުރުހުމުގައި ޖިންސީ ގުޅުން ހިންގިކަން ސާބިތުވާ ކަމަށެވެ.

މިނެސޯޓާ ސުޕްރީމް ކޯޓުން އިސްތިއުނާފްގައި މި މައްސަލަ ބެލުމަށްފަހު އިއްތިފާގުން ފައިސަލާ ކޮށްފައި ވަނީ ގާނޫނުގައި ބުނާ އަމިއްލައަށް ނިންމުން ނިންމުގެ އަހުލިއްޔަތު މީހާގެ ކިބައިން ނިގުޅައި ގެންފައިވާ ކަމަށް ބުނާ ނުކުތާ ކޯޓުން ފުޅާކޮށް މާނަކޮށްފައިވާ ކަމަށެވެ.

އެހެންވެ، ސުޕްރީމް ކޯޓުން މިކަން މާނަކޮށްދީފައި ވަނީ އަމިއްލައަށް ނިންމުން ނިންމުގެ އަހުލިއްޔަތު މީހާގެ ކިބައިން ނިގުޅައި ގެންފައިވާ ކަމަށް ބެލެވޭނީ އެމީހާ ގަދަކަމުން މަސްތުކޮށްފައިވާ ހާލަތެއްގައެވެ. އަދި އަމިއްލަ ރުހުމުގައި މަސްތުވެގެން ހުންނަ މީހާގެ އަހުލިއްޔަތު ގެއްލިފައިވާ ކަމަށް ނުބެލެވޭނެ ކަމަށެވެ.

މިނެސޯޓާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބުނަނީ މި ހުކުމްގެ ސަބަބުން މަސްތު ވެފައިވާ އަންހެނުންގެ ހައްގު ގެއްލިގެން ދާތީ އެމީހުން މި ކަމަށް ގާނޫނީ ފަރުވާއަކަށް ތައްޔާރު ވަމުންދާ ކަމަށެވެ. މެންބަރުން ބޭނުން ވަނީ އަމިއްލަ އަށް މަސްތުވެގެން ހުރި މީހަކާއެކުވެސް ޖިންސީ ގުޅުމެއް ހިންގަން އެމީހާގެ ރުހުން ބޭނުންވާނެ ކަމަށް ބުނާ ގާނޫނެއް ފާސްކުރާށެވެ.

މަސްތުވުމުގެ މައްސަލާގައި، އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ކަންކަން ނިންމުމުގެ އަހުލިއްޔަތު ނިގުޅައި ގަނެވޭނީ ގަދަކަމުން މަސްތުކޮށްފައިވާ މީހާގެ ކިބައިން އެކަންޏެވެ.