ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޝިޔާން ވިދާޅުވީ އޭނާ ކޮވިޑަށް ޓެސްޓު ކުރީ ހުން އައުމާ ގުޅިގެން ކަމަށާއި ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅު ކަމަށެވެ. ޝިޔާން މިވަގުތު ހުންނެވީ ގޭގައި ކަރަންޓީނު ވެގެންނެވެ.

ޝިޔާން ކޮވިޑަށް ޕޮޒިޓިވް ވިއިރު ދާދިފަހުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި މީގެކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.