ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފ ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އޭނާ ހޮސްޕިޓަލުން ދޫކޮށްލިކަން ކަށަވަރުކޮށްދެއްވީ، އިދިކޮޅު ކޯލީޝަންގައި ހިމެނޭ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ސަލީމް ދޫކޮށްލައިފިކަމަށް ބުނެ ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ސަލީމް ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދު މަޖިލީހަށް ވަޑައިނުގެންނެވިދާނެ ކަމަށެވެ.

އިދިކޮޅު ކޯލީޝަންގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ދެއްވަންޖެހޭ އިރުޝާދު މިސަލީމް ދެއްވާފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސަލީމް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މާ ބޮޑަށް ހުންގަދަވެގެންނެވެ.