އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް އޮރެންޖު އެލާޓު ނެފިއެވެ. މި އެލާޓުގެ މުއްދަތެއް ކަމަށް މޫސުމާބެހޭ އޮފީހުން ބުނެފައި ވަނީ މިރޭ ދަންވަރު 3.30 އިން ފެށިގެން ހެނދުނު 6.00 އަށެވެ.
އެ ދެ ސީޓީއަށް އޮރެންޖު އެލާޓު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވިފައިވާތިއެވެ. އަދި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭތީއެވެ. ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މުސުމާބެހޭ އޮފީހުން ބުނެފައިވެއެވެ.
މޫސުމާބެހޭ އޮފީހުން ބުނެފައިވަނީ އާންމު ގޮތެއްގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާއި ތިން ފޫޓާއި ހަ ފޫޓާ ދެ މެދުގައި ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ބުނެފައިވެއެވެ. ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
މި ސަބަބުތަކަށްތަކައި ހުރިހާ ފާރާތްތަކުން، ޚާއްސަކޮށް ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އޮފީހުން ވަނީ އެދިފައެވެ.