ތިން މީހުންނާއެކު އަޑިއަށްދިޔަ ތެޔޮ އުފުލާ ބޯޓު ތިލަ ކުރުމަށްފަހު ރައްކާތެރި ކަމާއެކު ހުޅުމާލެއަށް ގެންގޮސްފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ބޯޓު އަޑިއަށްދިޔައީ ކަނޑު ގަދަވުމުގެ ސަބަބުން ކަމަށެވެ. އެ ބޯޓުގައި ތިބި މީހުން ސަލާމަތް ކޮށްފައިވަނ ސަފާރީއަކަށް ނަގައިގެންނެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް2 އާ ދިމާ ކަނޑުގެ ސަރަހައްދުންނެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މޯސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ހިނގާކަމުގެ ރިޕޯޓް ލިބެމުން އަންނަކަމަށެވެ.