ރާއްޖޭގެ މަޝްހޫރު އަދާރަން ކުލަބް ރަންނާޅި ރިސޯޓުގައި މީހަކު ކަރަންޓްގައި ޖެހިގެން މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެގެ އިރުއޮއްސި 18:30 ހާއިރުގައި ކަރަންޓްގައި ޖެހިގެން މަރުވެފައި ވަނީ، ސްރޫލަންކާގެ ރައްޔިތެއް ކަމަށެވެ. އަދި ރޭގެ 19:30ގައި އެމީހާ ކ މާފުށި ހެލްތު ސެންޓަރަށް ގެންދެވުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ، ރޭގެ 20:00 ހާއިރުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި މިހާރު މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.