ޅ. ހިންނަވަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.

ހިންނަވަރު ހެލްތު ސެންޓަރުން ބުނީ އެންމެފަހުން ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު އެ ރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަށް އަރާފައިވާ ކަމަށެވެ.

20 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ނަތީޖާ ނުލިބޭ 98 ސާމްޕަލް އެބައޮތް ކަމަށްވެސް ހެލްތު ސެންޓަރުން ހާމަކުރެއެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ހިންނަވަރު މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.