ޅ. ކުރެންދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކުރެންދޫ ކައުންސިލުން ބުނީ އެރަށުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިއީ ނައިފަރު ކްލަސްޓާއާ ގުޅުން ހުރި ދެ މީހުން ކަމަށް ކައުންސިލުން ބުނެއެވެ.

ޅ. އަތޮޅުގެ ހުރިހާ ރަށަކުން ކޮވިޑް ފެނިފައިވާއިރު ކުރެންދޫ ފިޔަވައި އެހެން ހުރިހާ ރަށްތަކެއް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.

ކުރެންދޫން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންގެ ތެރޭގައި ކުޑަ ކުއްޖެއްވެސް ހިމެނެ އެވެ.