ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރި ފައިޒާ ވެކްްސިން، މާލޭގައި ޖަހަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެޗްޕީއޭއިން މިއަދު ހުޅުވާލައިފި އެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ، ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާއީ ނިޒާމް ދަށްވެފައިވާ މީހުންގެ ތެރެއިން ޚާއްސަ ހާލަތްތަކެއްގައިވާ އުމުރުން 16 އަހަރާއި 17 އަހަރުގެ ފަރާތްތަކަށް ކަމަށް އެޗްޕިއޭ އިން ބުންޏެވެ.
ފައިޒާ ވެކްސިން ޖަހާ މީހުން
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ފަރާތްތައް
- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ފަރާތްތައް
- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ފަރާތްތައް
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ފަރާތްތައް
- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ފަރާތްތައް
- ހަކުރުބަލީގެ ކުދިންތެލަސީމިޔާ މޭޖާ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިންޑައުންސިންޑްރޯމް ހުންނަ ކުދިންސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިންއުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާކުދިން)
ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ގޫގަލް ފޯމެއް އެޗްޕީއޭ އިން ވަނީ ތައާރަފްކޮށްފަ އެވެ.
ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ އެ ވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން އަދި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެސް އެޗްޕީއޭގެ އިއުލާނުގައި ބުންނެވެ.
ކޮވެކްސް ފެސިލިޓީ އިން ފައިޒާ ވެކްސިންގެ 5850 ޑޯޒް ރާއްޖެއަށް ފޮނުވީ، މި ދިޔަ މަހު 25 ވަނަ ދުވަހު އެވެ.