ޅ. ނައިފަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 144 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނައިފަރުން އިތުރު 42 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 141 އަށް އަރައިފައެވެ.

ނައިފަރުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ރ. އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެކެވެ. އެ ކޭސް ފެނިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ނައިފަރު މިވަގުތު އޮތީ މޮނީޓަރިން ހާލަތުގައެވެ.