ބޭނުންވާ ތަކެތި

6 ޖޯޑް ބަތް

3 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ ދިރި (ނުމުގުރާ)

1 ސައިސަމުސާ މަސްޓަޑް ކްރީމް

7 ހިކިމިރުސް

4 ރޯމިރުސް

4 މޭޒުމަތީ ސަމުސާ މުގު (ފެނުއަޅާ މަޑުކޮށްފަ)

6 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

3 ލޮނުމެދު

2/1 ޗިކަން ސްޓޮކް

2/1 ޖޯޑު ހަނާކުރި ބަދަން

ކުޑަ ކޮރިއަންޑާ ފަތް ކޮޅެއް

12 ކަޖޫ ނަޓް

2 މޭޒުމަތީ ސަމުސާ މާޖިރިން

2 ފިޔާ

ރަހަލާވަރަށް ލޮނު

1 ސައިސަމުސާ ރީނދޫ

2 ހިކަނދިފަތް

ތައްޔާރުކުރާނެ ގޮތް

ތެއްޔަށް މާޖިރިންނާއި ތެޔޮ އެޅުމަށްފަހު މަސްޓަޑް ސީޑް އަޅާ ހަނާވުމުން މުގު ކޮޅުވެސް އަޅާފައި އިރުކޮޅެއްވުމުން ހިކިމިރުސްވެސް އަޅާށެވެ. ދެން ހިކިމިރުސް ރަތްވުމުން ދިރިކޮޅާއި ލޮނުމެދާއި ފިޔާ އަޅާށެވެ. އަނެއްކާވެސް އިރު ކޮޅެއްވުމުން ހުރިހާ ނަޓެއް ވެސް އަޅާށެވެ. ދެން ހިކަނދިފަތާ، ރީނދޫ ޗިކަން ސްޓޮކް ރޯމިރުސްވެސް އަޅާށެވެ. އެއަށްފަހު ހުރިހާ އެއްޗެއް ރަނަގަޅަށް އެއްކޮށްލާށެވެ. ދެން ލޮނު އެޅުމަށްފަހު ބަތްކޮޅު އެއްކޮށްލާ މައްޗަށް ލުނބޯ ޖޫސް އަޅައި ކޮރިއަންޑާ ފަތްކޮޅު އަލާފައި ރަނަގަޅަށް އެއްކޮށްލާށެވެ.