ތިން މީހުންނާއެކު ދަތުރު ކުރި ދޯންޏެއް މިރޭ ފަރަށް އަރައިފިއެވެ. އެދޯންޏަކީ އދ. މާމިގިލިން ފުރައިގެން ވިލިމާލެއަށް ދަތުރުކުރި "ބުލޫ ސަޖަން" ނަމަކަށްކިޔާ ދޯންޏެވެ.

އެ ދޯނި ވިލިމާލޭ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 00:29 އެހައިކަންހައި އިރު ކަމަށް އެތަނުން ވިދާޅުވިއެވެ.

ދޯނީގައި ތިބި ތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. މި ދޯނި ފުންކުރުމުގައި ކޯސްޓުގާޑު ޑައިވަރުންގެ ޓީމެއް ވެސް ހަރަކާތްތެރިވިއެވެ.

މި ދޯނި ފުންކުރެވިފައިވަނީ މިރޭ ދަންވަރު 2:05 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގައި ދޯންޏަށް އެއްވެސް ގެއްލުމެއް ވެފައި ނުވެއެވެ.