ކ.ހުރާ އިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހުރާ އިން ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ އާދިއްތަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ.

އެ ކޭސްއާ ގުޅިގެން ހުރާގެ ހެލްތް ސެންޓަރު ދަނީ ކޮންޓެކްޓް ޓްރޭސިން އަދި ރެންޑަމް ސާމްޕަލްތައް ވެސް ރަށު ތެރެއިން ނަގަމުންނެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެ ރަށުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 133 އަށް އަރާފައިވާ ކަމަށް ހެލްތު ސެންޓަރުން ބުނެއެވެ. އަދި ނަތީޖާ ނުލިބޭ 92 ސާމްޕަލް އެބައޮތް ކަމަށްވެސް އެ ސެންޓަރުން ހާމަކުރެއެވެ.

ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް ހެލްތު ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.