އައްޑޫ ސިޓީ ހިތަދޫ ދެގުރޫޕެއްގެ މެދުގައި ހިނގި މަރާމާރީ އެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ.

މިހާދިސާގައި ޒަޚަމް ކޮށްފައިވަނީ 22 އަހަރުގެ ޒުވާނެކެވެ. އޭނާގެ ހަށިގަނޑުގެ ފަސްތަނަކަށް ވަނީ ހަމަލާ ދީފައި ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވިއެވެ. އޭގެ ތެރެއިން ފުންކޮށްހުރީ އެއްތަނެވެ. އެތަންތަން މިހާރުވަނީ ފަހައިފައި ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެ ޒުވާނާ އަދި އޮތީ އިމެޖެންސީ ރޫމުގައެވެ. އޭނާގެ ހާލު ސީރިއަސް ނޫންކަމަށާއި ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ފަހަކަށް އައިސް މިފަދަ މާރާމާރީތައް ދަނީ އައްޑޫގައި އިތުރުވަމުންނެވެ.