ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ އެކޮމިޝަނުން ތަހުގީގް ކުރަމުންދަނީ ޤާޟީ ހަސަން ސައީދު ފެމެލީ ކޯޓިގެ އިސް ޤާޟީ އެއްގެ މަޤާމާއި ހަވާލުވެ ހުންނެވިއިރު 2018 ވަނަ އަހަރު ހިންގާފައިވާ އަމަލަކާއި ގުޅޭ މައްސަލައެއްކަމަށެވެ.

ޤާޟީ ހަސަން ސައީދާއި ގުޅޭގޮތުން ޖޭއެސްސީން ތަހުގީގް ކުރަމުންދަނީ 2018 ވަނަ އަހަރު ފެމިލީ ކޯޓުގެ ފަރާތުން، އެކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެކެވެ. ކޮމިޝަނުން އޭނާގެ މައްސަލަ ތަހުގީގް ކުރުމަށް ނިންމައި މިވާރު ވަނީ ތަހުގީގް ޓީމެއްވެސް އެކުލަވާލާފައެވެ.

ޤާޟީ ހަސަން ސައީދާއި ގުޅޭގޮތުން މީގެ ކުރިންވެސް ޖޭއެސްސީން ވަނީ ސުލޫކީ މައްސަލަތަކެއް ތަހުގީގްކޮށްފައެވެ.