ދ. ރިނބުދޫގައި ފެނަކައިން އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދާއި ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމެވެ.
ރަށްރަށުގައިހުރި ކުރީގެ އިންޖީންގެތަކާއި އޮފީސްތައް އައުކުރުމުގެ މަސައްކަތް ފެނަކައިންވަނީ ފަށައިފައެވެ. އެ މަސައްކަތުގެ ދަށުން އެތައް ރަށެއްގައި ފެނަކައިން ގެންދަނީ އިންޖީނުގެއާއި އޮފީސް އިމާރާތްތައް ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި މި ދެތަން ވަކީން ވެސް އިމާރާތް ކުރަމުން ގެންދެއެވެ. މިއަހަރުގެ ނިޔަލަށް ހުރިހާ އިންޖީނުގެތައް މުޅިން އައުކުރުމަކީ ފެނަކައިގެ އަމާޒެކެވެ.