މި އަހަރުގެ އެޕްރީލް 11 އަދި 12 މި ދެދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން މިއަދު ނެރުއްވާފައިވާ ދެންނެވުމުގައި ވިދާޅުވެފައިވާ ގޮތުން މި ނިންމެވުން ނިންމަވާފައިވަނީ އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެތީއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ކަލަންޑަރުގައިވާ ގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، އެޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހަށް ވެއްޖެނަމަ، އެޕްރީލް މަހުގެ 12 ވާ ހޯމަ ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.