ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށާ މި މަޝްރޫޢާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް މިމަހުގެ 22 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމ،ިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މި މަޝްރޫޢާ ގުޅޭ ބިޑު ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށާ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ބިޑު ޑޮކިއުމަންޓު ގަންނަން ލިބޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ފާއިތުވި ހަފްތާތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް އޮންލައިން ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވަނީ ހއ. އުލިގަމުގައި ސިޓީހޮޓާ ތަރައްޤީކުރުުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް މިމަސްތެރޭ ފަށާނެކަމަށް ވިދާޅުވެފައެވެ.

އަދި މި މަޝްރޫޢަށް އުލިގަމުން 36 ހެކްޓަރުގެ ބިމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.